Saturday, October 31
ނޫސްވެރިކަމުގެ އިނާމުގެ ފަނޑިޔާރުންގެ ޕޫލަށް ނަން ހުށަހެޅުމަށް ހުޅުވާލައިފި

"12 ވަނަ ނޫސްވެރިކަމުގެ އިނާމު" ގެ ފަނޑިޔާރުންގެ ޕޫލަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ނޫސްވެރިކަމުގެ އިނާމުގެ ހުށަހެޅުންތައް ވަޒަންކުރުމުގެ މަސައްކަތަށް ފަނޑިޔާރުންގެ ޕޫލެއް އެކުލަވާލަން ބޭނުންވާ ކަމަށާއި، މިޕޫލްގައި ރަޖިސްޓްރީވުމަށް މި ދާއިރާގެ މަސައްކަތްކުރާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ.

މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ މީޑިއާ ނުވަތަ ޖާރނަލިޒަމް ނުވަތަ ސޯޝަލް ސައިންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަދުވެގެން 3 އަހަރުދުވަހު މަސައްކަތްކޮށް، ފަނޑިޔާރުކަމުގެ މަޤާމަށް ކަނޑައަޅާފައިވާ މަޤާމުގެ މަސައްކަތާގުޅޭ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ވާންޖެހޭނެއެވެ.

މީޑިއާ ކައުންސިލުން ބުނީ އެ ކައުންސިލުން ނިންމާ ގޮތެއްގެ މަތީން މަސައްކަތަށް ކަނޑައަޅާ އުޖޫރައެއް ދެވޭނެ ކަމަށެވެ.

ނޫސްވެރިކަމުގެ އިނާމުގެ ފަނޑިޔާރުންގެ ޕޫލަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަކުން އެކަމަށް ބޭނުންވާ ލިޔެކިޔުންތަކާއެކު އޮގަސްޓު 12 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އޮންލައިން ފޯމު މެދުވެރިކޮށް ހުށަހަޅާންވާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު