Tuesday, November 3
ޤައުމީ ޓޭބަލް ޓެނިސް މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

63 ވަނަ ޤައުމީ ޓޭބަލް ޓެނިސް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި މުބާރާތް ބޭއްވުމަށް ތާވަލްކުރެވިފައިވަނީ މި ހިނގާ އޮގަސްޓު މަހުގެ 25 އިން 29 އަށް ކަމަށެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ މުބާރާތްވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ އުމުރުފުރާތަކާއި ޑިވިޝަންތައް ހިމެނޭ ގޮތަށެވެ.

  • 13 އަހަރުންދަށް، (ސިންގަލްސް)
  • 15 އަހަރުންދަށް، (ސިންގަލްސް އަދި ޑަބަލްސް)
  • 17 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)
  • 19 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)
  • 1 ވަނަ ޑިވިޝަން (ސިންގަލްސް، ޑަބަލްސް، މިކްސް ޑަބަލްސް އަދި ޓީމް އިވެންޓް)
  • 2 ވަނަ ޑިވިޝަން (ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް އަދި ޓީމް އިވެންޓް)
  • ޥެޓަރަންސް (ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)

މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެންޓްރީ ފޯމު ފުރުހަމަކުރުމަށްފަހު، އައިޑީ ކާޑުގެ ކޮޕީއަކާއެކު އޮގަސްޓު 18 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް ޓޭބަލް ޓެނިސް އެސޯސިއޭޝަނަށް ހުށަހަޅަންވާނެއެވެ. މި މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު 7778722 7779140 ނަންބަރާ ގުޅައިގެން ނުވަތަ އީމެއިލްކޮށްގެން ވެސް ލިބޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު