ފަތުރުވެރިންނަށް ޚިދުމަތް ދޭ ތަންތަން އިސްތިހާރުކުރުމާ ބެހޭ ގަވާއިދު އާންމުކޮށްފިއެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނީ މި ގަވާއިދަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ތަރައްޤީކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ފެންވަރު ދަމަހައްޓައި، މި ސިނާޢަތުގެ ފައިދާ ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެ ގޮތް މަގުފަހިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.
މި ގަވާއިދުގައި ރާއްޖޭގެ ފަތުރުވެރިކަމާއި، ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުން ދަމަހައްޓަންޖެހޭ މިންގަނޑުތައް ބަޔާންކޮށްފައިވެއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި މީޣެ އެންމެ މުހިންމު ބޭނުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ފެންވަރު ދަމަހައްޓައި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތަޞައްވުރާ އެއްގޮތަށް އެ ފަރާތްތަކަށް ޚިދުމަތް ލިބޭނެކަން ޔަޤީންކުރުމެވެ. އަދި، އިސްތިހާރުކުރުމުގައި ޞައްޙަ މަޢުލޫމާތު ބޭނުންކޮށް، އިޖުތިމާޢީ، ދީނީ އަދި ސަގާފީ މިންގަނޑުތަކާއި އަދި އެހެނިހެން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އިސްތިހާރުތައް ބައްޓަންކުރާކަން ކަށަވަރުކުރުމެވެ.
މި ގަވާއިދުގެ ސަބަބުން ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިފައިވާ މަޤުބޫލުކަމާއި އިތުބާރު ދެމެހެއްޓުމަށް ފަސޭހަވާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
މި ލިޔުން ކިޔާލުމުން