ގެދޮރުވެރިޔާ ސްކީމުގައި ކުރީގެ ފައިނަލް ލިސްޓުގައި 76 މާކްސް އަށްވުރެ މަތިން ލިބުނު ފަރާތްތަކަށް ފްލެޓު ނުދީ 75 މާކްސް ލިބުނު ފަރާތްތަކަށް ފްލެޓު ދީފައިވާކަން ފާހަގަކުރެވިފައިވާތީ ފްލެޓު ދިނުމުގައި މިހާރު އިސްކަން ފުރަތަމަ ދޭނީ 76 މާކްސް ލިބިފައިވާ ފަރާތްތަކަށްކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
76 މާކްސް ލިބުނު ފަރާތްތަކަށް ފުލެޓު ކަނޑައެޅުމުގެ މަރުޙަލާ ނިމުމުން 75 މާކްސް ލިބުނު ފަރާތްތަކަށް ފުލެޓު ލިބުނު ފަރާތްތަކުގެ ފްލެޓާއި ގުޅޭ މަސައްކަތް ކުރިއަށްގެންދާނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ތަރައްގީކުރި 4،000 ހައުސިން ޔުނިޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ތެރެއިން ލިބޭ ފުލެޓް ކަނޑައަޅާފައި ނުވާ މީހުންނަށް އެ މަރްހަލާ ނިމުމުންގެ މަސައްކަތް ނިސްޓްރީ އޮފް ކޮންސްޓަރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ވަނީ ފަށާފައެވެ.
އެ މިނިސްޓްރީން މިއަދު ވަނީ އެންމެ ޙައްޤު މީހުންނަށް ފްލެޓް ދިނުމަށް ކުރަމުންދާ މަސައްކަތް ސާފުކޮށްދީ ބަޔާނެއް ނެރެފަ އެވެ.
އެ ބަޔާނުގައި ބުނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމުގެ އުޞޫލު އަދި އެ މިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، ގެދޮރުވެރިޔާ ސްކީމުން ފުލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމާއި އެފަރާތްތަކަށް ފުލެޓް ޙަވާލުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، ފުލެޓް ލިބުނު ފަރާތްތަކުގެ މަޢުލޫމާތު ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފް.ޑީ.ސީ) އާއި ޙިއްސާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އިން ކުރީ ސަރުކާރުގެ ދުވަސްވަރު ނޮވެންބަރު 2023 ގައި ކޮށްފައިވާ އިޢުލާނުގައި، އެ އިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ ގެދޮރުވެރިޔާ ސްކީމުގެ ފައިނަލް ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި ތިން ކޮޓަރީގެ ފުލެޓް ލިބެނީ 76 އިން ފެށިގެން މަތިން މާރކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށާއި، އެ ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށްފަހު ބާކީވާ ފުލެޓްތައް 75 މާރކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތަކުން ހޮވޭ ފަރާތްތަކަށް ކަމަށާއި އަދި ފުރަތަމަ ބުރުގައި 2 ކޮޓަރީގެ ފުލެޓް ލިބެނީ 73 އިން ފެށިގެން މަތިން މާރކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށް ބަޔާންކޮށްފައިވާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.
މި ލިޔުން ކިޔާލުމުން