އާދިއްތަ, November 15
އުއްތަމަ ފަނޑިޔާރު ކަމަށް ޣަނީ ޢައްޔަންކުރަން ކޮމިޓީން ރުހުން ދީފި

އުއްތަމަ ފަނޑިޔާރު ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު، އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ރުހުންދީފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ހ. ހޯސްޓްސައިޑް، އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ޢައްޔަންކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އެމަނިކުފާނަށް ލަފާ އަރުވާފައިވާތީ، އެކަމާމެދު މަޖިލީހުން ނިންމަވާ ގޮތެއް އަންގަވައިދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މި މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މިއަދު ފޮނުވާފައިވާއިރު، އުއްތަމަ ފަނޑިޔާރު ކަމަށް ޣަނީ ޢައްޔަންކުރެއްވުމަށް ފެންނަ ކަމަށް މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްވެފައެވެ.

އުއްތަމަ ފަނޑިޔާރުގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ހުންނެވި އަޙްމަދު މުޢުތަޞިމް ޢަދުނާން ޖުލައި 21 ވަނަ ދުވަހު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވުމާ ގުޅިގެންނެވެ.

މިވަގުތު ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްގެ މަޤާމުގައި ހުންނެވި ޢަބްދުލްޣަނީ ވަނީ 2000 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް ފަނޑިޔާރުކަން ކުރައްވައިފައެވެ. މިގޮތުން އޭނާ ވަނީ ސިވިލް ކޯޓާއި ހައިކޯޓުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު