Friday, November 6
ހާފިޒުންނަށް 4000 ރުފިޔާގެ އެލަވަންސް ދޭން ފަށައިފި

ގުރުއާން ހިތުދަސް ހާފިޒުންނަށް ސަރުކާރުން ދޭ އެލަވަންސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް 4،000ރ.އަށް ބޮޑުކޮށް، މި މަހުން ފެށިގެން ޖަމާކުރަން ފަށައިފި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ހާފިޒުންނަށް ދޭ އެލަވަންސް ބޮޑުކުރެއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

މީގެ ކުރިން ސަރުކާރުން ހާފިޒުންނަށް ދެމުން އައީ މަހަކު 2،000ރ. އެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި އަދަދު ދެގުނައަށް ބޮޑުކޮށް 4000 ރުފިޔާ ދެއްވާނެކަމަށް ވަޢުދުވެވަޑައިގަންނަވާފައެވެ.

ޙާފިޡުންނަށް ދޭ އިނާޔަތް ބޮޑު ކުރުމަކީ ޙާފިޡުން އިތުރުކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އެޅިގެންދިޔަ މުހިއްމު ފިޔަވަޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެ، ޙާފިޒުންނަށް ސަނަދު ދިނުމަށް އޮންނަ އުޞޫލަށް ބައެއް ބަދަލުތައް ގެނެސްފައިވެއެވެ. އެގޮތުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، އައިޔޫއެމުން ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނަށް ސަނަދު ދެވޭނީ މީގެކުރިން ޤުރުއާނާބެހޭ މަރުކަޒުގެ އިމްތިޙާން ހެދުމަށްފަހުއެވެ. ނަމަވެސް މިހާރު އައިޔޫއެމުން ޤުރުއާން ހިތުދަސްކުރާ ކުދިން، ދަސްވެނިމުމުން ޤުރުއާނާބެހޭ މަރުކަޒުގެ އިމްތިޙާން ނުހަދާ ސަނަދު ދެވޭގޮތަށް އުޞޫލު ވަނީ ބަދަލުކޮށްފައެވެ

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު