Friday, November 6
މީރާގެ ބޯޑަށް މެމްބަރުން އައްޔަންކުރުމުގެ މައްސަލަ އިގްތިސާދީ ކޮމެޓީއަށް ފޮނުއްވައިފި

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ބޯޑަށް 4 މެންބަރަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް 14 މީހެއްގެ ނަން ހުށައަޅައިފިއެވެ. ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ސިޓީގައި ވަނީ މީރާގެ ބޯޑު މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލުމުން އެ މަޤާމަށް 14 މީހަކު ކުރިމަތިލައްވާފައިވާކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މީރާގެ ބޯޑުން ހުސްވާ މަޤާމުތަކަށް މެންބަރުން އައްޔަންކުރުމަށް އެމަނިކުފާނު އިސްކަންދެއްވާ ތަރުތީބުން މަޖިލީހަށް ނަންތައް ފޮނުއްވާފައެވެ.

މީރާގެ ބޯޑު މެންބަރުކަމަށް އައްޔަންކުރުމަށް ރައީސް އިސްކަންދެއްވާ ތަރުތީބު:

1. މުޙައްމަދު އިމްތިނާން ސަޢުދުﷲ / ފަތިސް، ގދ. ތިނަދޫ 2. އިސްމާޢިލް ހަމްދޫން / ހ. ސިތާރާވާދީ 3. ޢާއިޝަތު ޝަޒްރާ / ނިވައިދޮށުގެ، ގދ. ގައްދޫ 4. އިދުހާމް ޙުސައިން / މ. ޖަވާހިރުވާދީ 5. ޢުމަރު އަޙްމަދު ޙުސައިން / މ. ސުހުރާ 6. މުޙައްމަދު އަޙްމަދު / ދަފްތަރު ނަންބަރު. ރސ 5204 7. މުމްތާޒް ޢަބްދުލް ރަޝީދު / މުރިގު، ހދ. ހަނިމައިދޫ 8. މަރްޔަމް ޖުވައިރިއްޔާ / އުވިގަސްދޮށުގެ، ސ. މީދޫ 9. އަޙްމަދު މަޢުސޫމް / ވ. މިޔަރެސް 10. އަޙްމަދު ނަޒީހު މުޙައްމަދު / ތެމާ، ޅ. ހިންނަވަރު 11. ހުޝާމް ވަހީދު / ގ. މާލެހިޔާ 2 12. މަރްޔަމް ޝައްފައު ޝަރީފް / ޒިންދަގީ، ގދ. ތިނަދޫ 13. ޢަބްދުﷲ މިފްރާޒް ނިޒާރު / ގ. އޮއްޓަރު 14. އަޙްމަދު ޢަލީ / ހުޅުމާލޭ ފްލެޓް ނަންބަރު 01-ގްރައުންޑް-108

މި ނަންތައް ދިރާސާކުރުމަށް އިޤްތިޞާދީ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ. މީރާގެ ބޯޑަށް އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުން ނަން ފާސްކުރެއްވުމުން ރައީސުލްޖުމްހޫރިއްޔާއެވެ. މީރާގެ ބޯޑުގައި 7 މެންބަރުން ތިއްބަވައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު