Friday, October 23
ގައިޑުންނަށް އަމާޒުކޮށް ޓީމްބިލްޑިންގ ހަރަކާތެއް ކުރިއަށް ގެންގޮސްފި

24ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑާސް ޓްރެއިނިންގ ކޭންޕްގެ ބައިވެރިންނަށް ޓީމްބިލްޑިންގ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަނުން ހުޅުމާލެ ފަރުކޮޅުފުށީގައި ކުރިއަށްގެންދާ 24 ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑާސް ޓްރައިނިންގ ކޭންޕްގެ ބައިވެރިންގެ މެދުގައި ގުޅުންބަދަހިކޮށް، އަމިއްލަ ނަފުސަށް އޮންނަ އިތުބާރާއި، ކޮންފިޑެންސް އިތުރުކުރުމުގެ މަގުސަދުގައި ޓީމްބިލްޑިންގ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސާއި ސްޕެސިއަލިސްޓް އޮޕަރޭޝަންސް ގުޅިގެންނެވެ. މިމަހުގެ 1ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ޖުމުލަ 237 ދަރިވަރުން ބައިވެރިވިއެވެ.

 

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ 237 ދަރިވަރުން 4 ގްރޫޕަކަށް ބަހާލައިގެން ދެ ދަންފަޅިއަށެވެ. ކޮންމެ ދަންފަޅިއެއްގައި ދެ ގްރޫޕް ބައިވެރިވެފައިވެއެވެ. ޓީމްބިލްޑިންގ ހަރަކާތުގެ ތެރެއިން ސެލްފް ޑިފެންސް ހާއްސަ ކުލާހެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ކުލާހުގައި، ކުއްލިއަކަށް ދިމާވާ ހާލަތްތަކުގައި އަމިއްލަ ނަފުސު ރައްކާތެރިކުރާނެ ގޮތްތަކާއި އަޅަންޖެހޭ ފިޔަވަޅުތައް ކިޔައިދީފައިވެއެވެ.

މީގެ އިތުރުން، ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

 

މި ހަރަކާތަކީ ކުދިންގެ ޝަހުސިއްޔަތު ބިނާކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދިޔަ ހަރަކާތެއް ކަމަށް މި ހަރަކާތުގައި ބައިވެރިވި ދަރިވަރުން ފާހަގަކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު