އާދިއްތަ, November 15
ޖަޕާންގެ ސަފީރު، ޙަސަން ޞާބިރުގެ ތަޢުޒިޔާގެ ދަފްތަރުގައި ސޮއިކުރައްވައިފި
ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހަރ އެކްސެލެންސީ އިޝިގާމީ ރުމީކޯ، ދިވެހި ދައުލަތަށް 38 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު އަވަހާރަވުމާ ގުޅިގެން ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ސޮއިކުރައްވައިފިއެވެ. އަލްމަރުޙޫމް ޙަސަން ޞާބިރަކީ ދިވެހި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ފަޚުރުވެރި ސަފީރެއް އަދި ރައްޔިތުންނަށް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނު ވަނީ ފަތުރުވެރިކަމާ ބެހޭ ވަޒީރުކަމާއި، އެންމެ ފަހުން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރުކަން ވެސް ކުރައްވައިފައެވެ. ދިވެހި ޤައުމަށް އެމަނިކުފާނު ކުރެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން "ނިޝާން ޢިއްޒުއްދީން" ގެ އިއްޒަތް ވެސް ވަނީ އަރުވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު