ދިރާގުގެ "ވިން އަ ސްޕީޑް ބޯޓު ޕްރޮމޯޝަން"ގެ ދަށުން ދެ ސްޕީޑް ބޯޓެއް ދިނުމަށް ނިންމައިފިއެވެ.
މިފަހަރުގެ ޕްރޮމޯޝަންގެ ދަށުން ދޭ ސްޕީޑް ބޯޓުތަކަކީ 2.2 މިލިޔަން ރުފިޔާގެ އަގުހުރި އިނާމުތަކެއް ކަމަށް ދިރާގުން ވިދާޅުވިއެވެ.
ދިރާގު ކަސްޓަމަރުންނަށް އެންރޯލްކޮށްގެން މި ފަހަރު 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުޞަތު ވަނީ ހުޅުވައިލައިފިއެވެ. މި ޕްރޮމޯޝަން ތައާރަފްކޮށްފައިވަނީ މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ދިރާގުން ކުރިއަށް ގެންދިޔަ "ވިން އަ ޓެސްލާ" އަދި "ވިން އަ ސްޕީޑްބޯޓް" ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު މި އަހަރު ވެގެންދާނީ މިފަދަ އަގު ބޮޑު އިނާމެއް ކަސްޓަމަރުންނަށް ލިބިގެންދާ ޕްރޮމޯޝަން ކުރިއަށްގެންދާ ތިންވަނަ އަހަރަށް ކަމަށް ދިރާގުން ވިދާޅުވެއެވެ.
ދިރާގުން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ދިރާގުގެ ރާގު ޕްރީޕެއިޑް 450 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ރީލޯޑްކުރާ ކަސްޓަމަރުން، ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށްވުރެ މަތީ ޕްލޭންތަކަށް، އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެން މަތިން ބިލްދައްކާ ކަސްޓަމަރުންނަށް އަދި ދިރާގު ލިމިޓެއްނެތް ފައިބަރ 40އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ލަކީ ޑްރޯގައި ބައިވެރިވެވޭނެއެވެ.
މި ލިޔުން ކިޔާލުމުން