އާދިއްތަ, November 15
45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ހއ. އިން ވ. އަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.

މިގޮތުން މެޓް އޮފީހުން ވަނީ މިއަދު 06:15 އިން 12:00 އަށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ހުދު ސަމާލު ނެރެފައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި މި ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެއެވެ.

ނިމުނު ހަފުތާއަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސް ހަފުތާއެކެވެ. މިދިޔަ ހަފުތާގައިވެސް އެކި ހިސާބުތަކަށް މޫސުން ގޯސްވެ ވިއްސާރަކޮށްފައިވެއެވެ. އަދި ކަނޑުމަތީގެ ބައެއް ހާދިސާތައްވެސް ވަނީ ހިނގައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު