Friday, November 6
ނޯތު ހާބަރުން އިތުރު ފީއެއް ނަގަން ނިންމާފައެއް ނުވޭ:އެމްޕީއެލް

އެމް.ޕީ.އެލްގެ ނޯތު ހާބަރއިން މިހާރު ނަގަމުންދާ ފީތަކުގެ އިތުރުން އެއްވެސް ފީއެއް ނެގުމަށް ނިންމާފައި ނުވާކަމަށް އެމްޕީއެލް އިން ބުނެފިއެވެ.

ނޯތު ޕޯޓްގެ ސަރަހައްދަށް އިތުރު ކުރެވުނު ސަރަހައްދު ތަރުތީބުކޮށް، އިންތިޒާމް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން އަންނަ ކަމަށް އެމޕީއރލް އިން މައުލޫމާތުދެއެވެ.

‏އެމޕީއރލް އިން ބުނީ އެ ސަރަހައްދު ތަރުތީބުކުރެވުމުން، މަސް ދޯނި ފަހަރަށް އިތުރު ޖާގަ ލިބި، އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. އަދި އަތޮޅުތަކަށް މުދާ އުފުލާ އުޅަނދުތަކަށް މުދާ ބޭލުމާއި އެރުވުމުގެ މަސައްކަތްތައްވެސް މިހާރަށްވުރެ އަވަހަށް ކުރެވޭނެ މަގު ފަހިވެގެންދާނެކަމަށެވެ.

‏''އަދި މީގެ އިތުރުން، މި ގެނެވޭ ބަދަލުތަކާއެކު މި ސަރަހައްދުގައި ގަވައިދާ ޚިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީންގެ މައްސަލައަށް ހައްލެއް ލިބި، މި ސަރަހައްދު ބެލެހެއްޓުމުގެ އިންތިޒާމްތައް އިތުރަށް ހަރުދަނާކުރެވޭނެ'' އރމްޕީއރލް އިން ބުންޏެވެ.

‏''މި ބަދަލުގެ ސަބަބުން، މަސްވެރިންނާއި އޮޑިވެރިންނަށް މިހާރަށްވުރެ އަވަސް، ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދެވޭނެކަމުގެ ޔަޤީންކަން އަރުވަން"
‏ޑީ.ސީ.ޕީ ރިޓަޔާޑް މުޙައްމަދު ރިޝްވާން، އެމްޕީއެލް ސީ.އީ.އޯ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު