Friday, November 6
މޫސުން ގޯސް، ހއ އިން ތ އަށް ހުދު ސަމާލު ނެރެފި

އުތުރުގެ ބޮޑު ބަޔަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ ހއ އިން ތ އަތޮޅަށް ހުދު ސަމާލު ނެރެފި އެވެ.

މެޓް އޮފީހުން ބުނި ގޮތުގައި ހުދު ސަމާލު ނެރެފައި ވަނީ ހއ އަތޮޅުން ތ އަތޮޅަށެވެ. ސަމާލު ނެރެފައިވަނީ އިރުއޮއްސި ހަޔަކުން މެންދަމު 12:00 އަށެވެ.

މިވަގުތު ތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ރާއްޖެއަށް ވިއްސާރަވެ ވައިގަދަވެ މޫސުން ގޯސްތާ ދުވަސްތަކެއް ވެއްޖެ އެވެ. މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުގެ ވިއްސާރަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު