އާދިއްތަ, November 15
ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޚިދުމަތް ފަށަނީ
ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޚިދުމަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. ޞިއްޙީ ވުޒާރާއިން ހާމަކުރާ ގޮތުގައި މިޚިދުމަތް ފެށުމުގެ ގޮތުން މިހާރު ކުރިއަށްދަނީ ސީޓީ ސްކޭން މެޝިން އިންސްޓޯލްކުރުމުގެ މަސައްކަތެވެ. މި މަސައްކަތް ނިމި މިމަހުގެ ތެރޭގައި މިޚިދުމަތް އެހޮސްޕިޓަލުގައި ފެށުމަށް ވަނީ އަމާޒު ހިފާފައެވެ. ރާއްޖޭގެ އެކި ހޮސްޕިޓަލްތަކުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ފުވައްމުލަކުގެ ޞިއްޙީ ޚިދުމަތް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން އެސިޓީއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް ޚިދުމަތުގެ ތެރޭގައި ސީޓީ ސްކޭންގެ ޚިދުމަތް ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު