އާދިއްތަ, November 15
ސްވިޓްޒަރލޭންޑަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ޢަބްދުއްރަޙީމް ރާއްޖެ ވަޑައިގެންފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ، ސްވިޓްޒަލަންޑްގެ ޖެނީވާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. ޢަބްދުއްރަޙީމް ޖެނީވާއަށް ވަޑައިގެންނެވީ ސްޕީކަރސް އޮފް ޕާލަމެންޓުގެ 6 ވަނަ ވޯލްޑް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށެވެ. މި ކޮންފަރެންސް ކުރިއަށްގެންގޮސްފައިވަނީ ޖުލައި މަހުގެ 29 އިން 31 ގެ ނިޔަލަށް ޖެނީވާގައި ހުންނަ އ.ދ. ގެ ހެޑް އޮފީހުގައެވެ. ސްޕީކަރސް އޮފް ޕާލަމެންޓުގެ އެންމެ ފުރަތަމަ ކޮންފަރެންސް ބޭއްވީ 2000 ވަނަ އަހަރުގެ އޮގަސްޓު މަހު އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އ.ދ. ގެ ހެޑްކުއާޓަރުގައެވެ. އޭގެ ފަހުން މި ކޮންފަރެންސް ވަނީ ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބާއްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު