އާދިއްތަ, November 15
ބަލްކް ކެރިއަރެއްގައި އޮތް ހާލުބޮޑު ބަލި މީހަކު ސިފައިންގެ އެހީގައި މަނަދޫއަށް ގެންގޮސްފި

"ޓައިޑެކްސް" ނަމަކަށް ކިޔާ ބަލްކް ކެރިއަރެއްގައި އޮތް ހާލުބޮޑު ބަލި މީހަކު، ޞިއްޙީ އަވަސް ފަރުވާއަށް، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑުގެ އެހީތެރިކަމާ އެކު ނ. މަނަދޫއަށް ގެންގޮސްދީފިއެވެ.

އެމްއެންޑީއެފުން ބުނީ ނ.އަތޮޅު ދިގުފަރު ކައިރިން ދަތުރުކުރަމުންދަނިކޮށް، ބަލްކް ކެރިއަރުގައި އޮތް މީހާގެ ޞިއްހީ ހާލަތު ގޯސްވިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑަށް ލިބިފައިވަނީ ރޭ ފަތިހު 04:45 ހާއިރު ކަމަށެވެ.

އަދި މިކަމުގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ބަލްކް ކެރިއަރ އޮތް ސަރަހައްދަށް ދަތުރުކޮށް، ބަލި މީހާ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސީ އެމްބިއުލާންސްއަށް ނަގާފައިވާ ކަމަށާއި، އެ މީހާ ނ.މަނަދޫއަށް ގެންގޮސްދީފައި ވަނީ މިއަދު 09:00 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާގައި އެހީތެރިކަން ފޯރުކޮށްދީފައިވަނީ 49 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު