އެމްޑީޕީ ހަރުގެއަށް ގެއްލުން ދިން މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މާލޭ ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީ ހަރުގެ ދޮރަށް ގެއްލުން ދިން މައްސަލަ ރޭ ދަންވަރު 01:30 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން މ. ސްޓާރ، މުޙައްމަދު ރަޒީން (49 އ) ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންދާ ކަމަށެވެ.
މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ފޮޓޯއިން ފެންނަ ގޮތުގައި އެމްޑީޕީ ހަރުގޭގައި ހުރި ދަގަނޑު ދޮރަށް ވަނީ ގެއްލުން ދީފައެވެ. ނަމަވެސް، ހަރުގެ ތެރޭގައި ހުރި ތަކެއްޗަށް ގެއްލުން ދީފައެއް ނުވެއެވެ.
މި ލިޔުން ކިޔާލުމުން