އާދިއްތަ, November 15
ޤުރުއާން ހިތުދަސްކުރުމަކީ ދުނިޔަވީ ހަޔާތާއި އުޚްރަވީ ހަޔާތުގައިވެސް އޭގެ ފައިދާ ލިބޭނެ ކަމެއް: ޚުޠުބާ

ކީރިތި ޤުރުއާން ހިތުދަސްކުރުމަކީ ދުނިޔަވީ ހަޔާތައި އުޚްރަވީ ހަޔާތުގައިވެސް އޭގެ ފައިދާ އެނާއަށް ލިބޭނެ ކަމެއް ކަމުގައި މިއަދުގެ ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުޠުބާގެ މައުޟޫޢަކީ "ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ މާތްކަން"، މިއެވެ.

މިއަދުގެ ޚުޠުބާގައި ވިދާޅުވީ ކީރިތި ޤުރުއާން ހިތުދަސްކުރުމަކީ މަރުވުމަށް ފަހުގައިވެސް އޭނާގެ ދަރަޖަ މަތިވެރިވާނޭ ކަމެއް ކަމަށާއި، ޤުރުއާން ހިތުދަސްކުރުމަކީ އެހެނިހެން ޢިލްމުތައް ހާސިލުކުރަން ފަސޭހަވާނެ ކަމެއް ކަމަށާއި، އުންމަތުގެ ސަލަފުން އެ ބޭކަލުންގެ ދުވަސްވަރުގައި ހަދީޘް ޢިލްމު އުނގަންނަވައިދެއްވުމުގައި އެ ބޭކަލުންގެ ދަރިވަރުން ކީރިތި ޤުރުއާން ހިތުދަސްކުރުން ލާޒިމްކުރެއްވި ކަމަށެވެ.

މީގެ އިތުރުން ޚުޠުބާގައި ވިދާޅުވީ ޤުރުއާން ހިތުދަސްކުރުމުގައި ތިމާގެ ހިތުގެ އިޚްލާޥްތެރިކަމާއި އުޚުރަވީ ހަޔާތުގައި ﷲގެ ހަޟުރަތުން ލިބެން ހުރި ނިޢުމަތްތައް ހަނދާންކުރަން ޖެހޭ ކަމަށާއި، ޤުރުއާން ހިތުދަސްކުރުމަށްފަހު ނުވަތަ ޤުރުއާނުން މިންވަރެއް ދަސްކުރުމަށް ފަހު، ގަވާއިދުން މުރާޖަޢާކޮށް ހަނދާނުގައި ބެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު