Monday, November 2
ވައިގަދަވާނެ ކަމަށް ލަފާކޮށް ރައްޖޭގެ ބޮޑުބަޔަކަށް ސަމާލުވާން އެދެފި

މޫސުން ގޯސްވުމުގެ ސަބަބުން ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާލުނެރެފިއެވެ.

މިގޮތުން މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ މިއަދު 12:15 އިން 18:00 އަށެވެ. އެ އިދާރާއިން ވަނީ މި ވަގުތުތަކުގައި މި ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.

އިއްޔެ ވެސް ރާއްޖޭގެ މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، މެޓް އޮފީހުން ބުނީ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަަކަށް ވައިގަދަވެ ބޯކޮށް ވާރޭވެހުންް އެކަށީގެންވާ ކަމަށެވެ.

މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު