Saturday, October 31
ތަރިކައިން އާމްދަނީ ހޯދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ އާ މެނޭޖިންގ ޑިރެކްޓަރ، އިބްރާހީމް ނަޒީމާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްްވާފައިވާ، ޣާޒީ ރަދުންގެ އަސަރުތައް ދިރުވުމާއި، ތަރިކައިން އާމްދަނީ ހޯދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ފެށުމަށް ބޭނުންވާ އެންމެ ފަހުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން ބޭއްވި މަޝްވަރާ ބައްދަލުކުރެއްވުމެކެވެ. މި ބައްދަލުކުރެއްވުމުގައި އާރުޑީސީއަށް އަލަށް އައްޔަންކުރެވުނު އެމްޑީ އިބްރާހީމް ނަޒީމަށް، ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަނީ މަރުޙަބާ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު