Friday, November 6
ކުޅުދުއްފުށީ މަގު ތަރައްގީކުރަން އާރުޑީސީ އާ ހަވާލުކޮށްފި

ހދ. ކުޅުދުއްފުށި ސިޓީ މަގުތައް ޒަމާނީ ފެނެވަރަށް ތަރައްޤީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އިއްޔެ ބޭއްވި މި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟިލް ޙަސަން ރަޝީދުއެވެ. އަދި،  ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރު އެވެ.

ކޮންޓްރެކްޓަރ: ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް( އާރް.ޑީ.ސީ )

ކޮންޓްރެކްޓް އަގު:    100,465,864.92 ރުފިޔާ.

ކޮންޓްރެކްޓް ސޮއިކުރެވުނު ތާރީޚް: 30 ޖުލައި 2025.

ކޮންޓްރެކްޓްގެ މުއްދަތު: 730 ދުވަސް.

 

މި މަޝްރޫޢު ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:

  • 4 ކިލޯ މީޓަރުގެ މަގުގައި ތާރު އެޅުން
  • ދުވާރުތައް ހެދުން
  • ފެން ހިންދާ ނިޒާމް ޤާއިމުކުރުން
  • ރޯޑް މާރކިން އަދި ސައިން ބޯޑް ހަރުކުރުން.
  • ކުޅުދުއްފުށި ސިޓީގެ ނަހަދާހުރި ހުރިހާމަގެއް ޑިޒައިން ކުރުން.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު