އާދިއްތަ, November 15
ރާއްޖެއަށް ޒިޔާރަތްކުރާ ލަންކާ ރައްޔިތުންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން ފަށައިފި
ރާއްޖެއަށް ޒިޔާރަތްކުރާ ސްރީލަންކާގެ ރައްޔިތުންނަށް ތިން މަސް ދުވަހުގެ އޮން-އެރައިވަލް ވިސާ ދޭން ފަށައިފިއެވެ. އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި ލަންކާ ރައްޔިތުންނަށް 90 ދުވަހުގެ އޮން-އެރައިވަލް ވިސާ ދޭން ފަށާފައިވަނީ ޖުލައި 30 ވަނަ ދުވަހު އެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއާ ދެމެދު ވެވުނު މަޝްވަރާތަކަށްފަހު ނިންމެވި ނިންމެވުމެކެވެ. ރައީސުމްޖުމްހޫރިއްޔާގެ ދަޢުވަތަކަށް އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ. މިއީ ސްރީލަންކާގެ ރައީސް ޑިސަނާޔަކެ، މިދިޔަ ސެޕްޓެމްބަރ މަހު އެ ޤައުމުގެ ރައީސްކަމާއި ޙަވާލުވެވަޑައިގަތުމަށްފަހު ދިވެހިރާއްޖެއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1965 ވަނަ އަހަރުގައެވެ. އަދި މި އަހަރަކީ މި ގުޅުމަށް 60 އަހަރު ފުރޭ ތާރީޚީ މުނާސަބާ ފާހަގަކުރާ އަހަރުވެސްމެއެވެ. ލަންކާއަށް ދާ ދިވެހީންނަށް މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އަންނަނީ 90 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބެމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު