Friday, November 6
ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޢުމްރާގެ އަޅުކަމަށް ދިޔަ މީހަކު ނިޔާވެއްޖެ

ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޢުމްރާގެ އަޅުކަމަށް ދިޔަ މީހަކު ނިޔާވެއްޖެ އެވެ.

އުމްރާގެ އަޅުކަމުގައި އުޅެނިކޮށް ނިޔާވެފައި ވަނީ ރ. ފައިނު އުޑުވިލާގެ މަރިޔަމް ސިޔާމާ އެވެ. އޭނާ އުމްރާގެ އަޅުކަމަށް ދިޔައީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުންނެވެ.

ސިޔާމާ ނިޔާވުމާއި ގުޅިގެން ޙައްޖު ކޯޕަރޭޝަނުން ވަނީ ތަޢުޒިޔާ ކިޔާފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ތ. ވަންދުއަށް އުފަން, އުމުރުން 70 އަހަރުގެ އިސްމާއީލް އަހުމަދު ވަނީ އުމްރާގެ އަޅުކަމަށް މައްކާގައި ހުއްޓައި، މަރުވެފައެވެ.

އިސްމާއިލްގެ މައްޗަށް ކުރި ކަށުނަމާދު ބާއްވާފައިވަނީ މިދިޔަ އާދިއްތަ ދުވަހު ފަތިސް ނަމާދަށް ފަހު މަސްދިޖުލް ޙަރަމްގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު