ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ދަފްތަރު ނަންބަރު 6544 ބްރިގޭޑިޔަރ ޖެނެރަލް (ރޓ) ޢަލީ ޒުހައިރު އައްޔަނުކުރައްވައިފިއެވެ.
ޢަލީ ޒުހައިރު މިހާތަނަށް ފުރުއްވަމުން ގެންދެވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމެވެ.
ޖުލައި 30، 2025 ވަނަ ދުވަހު، ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަން ލިމިޓެޑް – އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް، ދަފްތަރު ނަންބަރު ރސ. 6544، ބްރިގޭޑިޔަރ ޖެނެރަލް (ރޓ) ޢަލީ ޒުހައިރު ވަނީ އައްޔަނުކުރެވިފައެވެ. pic.twitter.com/drQlVe06ep
— Privatization & Corporatization Board (@pcb_gov) July 30, 2025
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީ.ސީ.ބީން ވިދާޅުވީ، އާރް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމުން ޢަލީ ޒުހައިރު ވަކިކޮށް، އެ މަޤާމަށް މއ. އެލީޒިއަމް އިބްރާހީމް ނަޘީމް މިއަދު އައްޔަނުކުރައްވާފައިވާކަމަށެވެ. އަދި އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރަކަށް ޢަލީ ޒުހައިރު އައްޔަނުކުރައްވާފައިވާކަމަށެވެ.
ޕީ.ސީ.ބީން މި ބަދަލުގެންނަވާފައި މިވަނީ އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުންނެވި މުޙައްމަދު މައުރޫފް ޖަމީލް އެމަޤާމުން އިސްތިއުފާދެއްވާފައި ވަނިކޮށެވެ.
މި ލިޔުން ކިޔާލުމުން