އާދިއްތަ, November 15
ބޯޓުތަކުން 4،720 ބަސްތާގެ ފިޔާ ބާލައިފި
މޫސުން ގޯސްވުމުގެ ސަބަބުން ޕެރިޝެބަލް މުދާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވި ނަމަވެސް، ކާގޯ އޮޕަރޭޝަނުން 4،000 އަށް ވުރެ ގިނަ ބަސްތާގެ ފިޔާ ބާލާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ. އެމްޕީއެލް އިން ބުނީ އެ ކުންފުނީގެ ޓީމުތަކުން ކުރި މަސައްކަތުން ތިން ބޯޓަކުން ޖުމުލަ 4،720 ބަސްތާގެ ފިޔާ ބާލާފައިވާ ކަމަށެވެ. މީގެ އިތުރުން މިއަދުވެސް މާލޭ ވިޔަފާރި ބަނދަރުން އިތުރު 3،840 ބަސްތާގެ ފިޔާ ކްލިއާ ކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެމްޕީއެލް އިން ބުންޏެވެ. ބާޒާރުގެ ގިނަ ފިހާރަތަކުން ފިޔާ ހުސްވެފައިވާއިރު، ބައެއް ފިހާރަތަކުގައި ފިޔާގެ އަގު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު