Saturday, October 31
މައްސަލަ ހައްލުކޮށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތްތައް އަލުން ފަށައިފި
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް، އެ ވުޒާރާގެ ޚިދުމަތްތައް އަލުން ފަށައިފިއެވެ. އެ ވުޒާރާއިން ބުނީ 2025 ޖުލައި 29 ވަނަ ދުވަހު އެ ވުޒާރާއަށް ދިމާވި ޓެކްނިކަލް މައްސަލަ މިހާރު ޙައްލު ކުރެވިފައިވާ ކަމަށާއި، ކުރިއެކޭ އެއްގޮތަށް ޚިދުމަތް ފޯރުކޮށްދެމުން ގެންދާ ކަމަށެވެ. "މި އުދަނގޫ ވަގުތުގައި ތިޔަ ޢާންމު ރައްޔިތުންގެ ފަރާތުން ދެއްވި އެއްބާރުލެއްވުމާއި، ކެތްތެރިކަމަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން"، އެ ވުޒާރާއިން ބުނެފައިވެއެވެ. އެ ވުޒާރާއަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކުރުމަށް އިއްޔެ ހެނދުނުން ފެށިގެން ވުޒާރާގެ ޚިދުމަތްތައް މެދުކަނޑާލިއިރު، އެ މައްސަލަ ވަނީ ރޭ ދަންވަރު ހައްލު ކުރެވިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު