އާދިއްތަ, November 15
މޮރޮކޯގެ ތުރޯން ދުވަހުގެ ތަހުނިޔާ ވަޒީރު ޑރ. ޚަލީލް ފޮނުއްވައިފި

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، މޮރޮކޯގެ ތުރޯން ދުވަހުގެ މުނާސަބަތުގައި މޮރޮކޯގެ ޚާރިޖީ ވަޒީރަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ވަޒީރުގެ މެސެޖުގައި މޮރޮކޯގެ ތުރޯން ދުވަހުގެ މުނާސަބަތުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން އެ ޤައުމުގެ ޚާރިޖީ ވަޒީރަށާއި، މޮރޮކޯގެ ސަރުކާރަށް އަދި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ.

މީގެ އިތުރުން ވަޒީރުގެ މެސެޖުގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖެއާއި މޮރޮކޯގެ ގުޅުމަކީ އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ، އެއްގޮތް ޘަޤާފަތާއި ތާރީޚުގެ ތެރޭގައި ގުޅިފައިވާ ދެމެހެއްޓެނިވި އެކުވެރި ގުޅުމެއް ކަމަށެވެ. އަދި ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އަދި އެއްބާރުލުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީންކުރައްވާ ކަމުގައިވެސް ވަޒީރު ވިދާޅުވެފައިވެއެވެ.

"މި ފުރުސަތުގައި، މަނިކުފާނަށް ދުޅަހެޔޮ ޞިއްޙަތާއި މޮރޮކޯގެ ރައްޔިތުންނަށް އުފާފާގަތި މުސްތަޤުބަލަކަށް އެދެން. އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީން"، ވަޒީރުގެ މެސެޖުގައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު