އާދިއްތަ, November 15
ރަޝިޔާއަށް އައި ބިންހެލުމުގެ ސަބަބުން އުފެދުނު ސުނާމީގެ އަސަރު ރާއްޖެއަށް ނުފޯރާނެ: މެޓް

ރަޝިއާ ކައިރިއަށް 8.8 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގެ ސަބަބުން އުފެދުނު ސުނާމީގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

މި ބިންހެލުމުގެ ސަބަބުން ރަޝިއާގެ ކަމްޗަޓްކާ ސަރަހައްދަށް ސުނާމީ އަރާފައިވާއިރު، އެ ސަރަހައްދުގެ ބައެއް އިމާރާތްތައް ވަނީ ފެނު އަޑިއަށް ގޮސްފައެވެ. މި ބިންހެލުމާ ގުޅިގެން 13 ޤައުމަކަށް ސުނާމީ އެލާޓު ނެރެފައިވާއިރު، ޖަޕާނާއި އެމެރިކާއަށްވެސް ވަނީ ސުނާމީގެ އަސަރުކޮށްފައެވެ.

އެމެރިކާގެ ސެން ފްރެންސިސްކޯ އާއި ސިއޭޓަލް އަށް ސުނާމީގެ ރާޅުތައް އަރާފައިވާއިރު، ހަވާއީއަށް ސުނާމީ މާ ބޮޑަށް އަރާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް ޕެސިފިކް ތުނާމީ ވޯނިންގ ސެންޓަރުން ވަނީ ބުނެފައެވެ.

މި ބިންހެލުމުގެ ސަބަބުން ރަޝިއާއިން ވަނީ ކުރިލް އައިލެންޑްސްގައި ކުއްލި ނުރައްކަލުގެ ހާލަތުވެސް އިޢުލާންކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު