އާދިއްތަ, November 15
މާވަށު މާރާމާރީ: މޫސަގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދަން ބޭރަށް ފޮނުވަނީ

ލ. މާވަށުގައި ހިންގި މާރާމާރީގައި މަރުވި ލ. މާވަށް، ނަލަހިޔާ، މޫސާ އިބްރާހީމް (29 އ) ގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދަން ނިންމައިފިއެވެ.

ފުލުހުން މިއަދު ބުނީ މޫސަގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދަން ތަޙުޤީޤުން ނިންމައި، ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

ޖުލައި 28 ވަނަ ދުވަހުގެ ހެނދުނު ހިންގި މި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުޙައްމަދު އިބްރާހީމް (29 އ)، ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މުޙައްމަދު އިބްރާހީމަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެކެވެ. މި މައްސަލައިގައި ހަމަލާ ދިނުމުގައި ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ފުލުހުންގެ ޓީމެއް މޫދަށް ފީނައިގެން ވަނީ ހޯދައިފައެވެ.

ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު