އާދިއްތަ, November 15
ބޮޑު ކުރި މުސާރަ ފުލުހުންނަށް ހަމަ އަށް ނުލިބޭ ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކައެއް: ފުލުހުން

ބޮޑު ކުރި މުސާރަ ފުލުހުންނަށް ހަމަ އަށް ނުލިބޭ ކަމަށްބުނެ ދެކެވޭ ވާހަކަތައް ދިވެހި ފުލުހުންގެ ޚިދުމަތުން ދޮގުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރާ ސްޕެޝަލް ކޮންސްޓެބުލަރީ ކޮންސްޓަބަލްސް އަށް ދޭ މުސާރައިގެ 85 އިންސައްތަ މިދިޔަ އަހަރުގެ މާރިޗު މަހުން ފެށިގެން ޑިސެންބަރު މަހުގެ ނިޔަލަށް ދީފައި ނުވާ ކަމަށް ބުނެ "ރާއްޖެ އެމްވީ" ގައި ވަނީ އިއްޔެ ޚަބަރެއް ޝާއިޢުކޮށްފައެވެ.

މިގޮތުން ސްޕެޝަލް ކޮންސްޓެބުލަރީ ކޮންސްޓަބަލްގައި ޚިދުމަތް ކުރާ ގާތްގަނޑަކަށް 177 މުވައްޒަފުންނަށް އެ މުވައްޒަފުންގެ މުސާރަ އަށް މީގެ ކުރިން ނުދީވާ 9 މަހަށްވާ ފައިސާގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ޖުމުލަ 33،201ރ. ލިބެންޖެހޭ ކަމަށް އެ ނޫހުގައި ލިޔެފައިވެއެވެ.

އެ ޚަބަރާ ގުޅިގެން ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2024 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ސަރުކާރުން ކަނޑައެޅުއްވި ގޮތަށް، ބޮޑުކުރެވުނު މުސާރަ އެއްވެސް އުނިއިތުރެއް ނެތި ފުލުހުންނަށް ދެމުންދާ ކަމަށެވެ.

މީގެ އިތުރުން ސްޕެޝަލް ކޮންސްޓަބުލަރީގެ ޚިދުމަތަކީ އާންމު ފުލުހުންނާ ޚިލާފަށް، އެ ޚިދުމަތަށް އެދޭ ފަރާތްތަކާއެކު ހެދޭ އެއްބަސްވުމެއްގެ ފަށުން ދެވޭ ޚިދުމަތެއް ކަމުން، ސްޕެޝަލް ކޮންސްޓަބުލަރީގެ ޚިދުމަތަށް އެދޭ ފަރާތްތަކާއެކު ހަދާފައިވާ ކޮންޓްރެކްޓްގެ ދަށުން، އެކަމަށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންނަށް މުސާރަ ދިނުމުގައި ޢަމަލުކުރަމުންދާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

އަދި ސްޕެޝަލް ކޮންސްޓަބުލަރީގެ ޚިދުމަތަށް އެދޭ ފަރާތްތަކާއެކު އަލަށް ވެވޭ އެއްބަސްވުންތަކުގެ ދަށުން އިތުރުކުރެވިފައިވާ މުސާރަ ދެމުންދާ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު