Saturday, October 31
އާރުއޭސީއެލްގެ އެމްޑީކަމުން މުބީން އިސްތިއުފާ ދެއްވައިފި

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އަޙްމަދު މުބީން، އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

މުބީން، އެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އާރުއޭސީއެލްގެ މީސްމީޑިއާ އެކައުންޓުތަކުގައި ވަނީ އެމްޑީގެ މަޤާމުގައި ހުންނަވައިގެން އޭނާ ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރު ދަންނަވައިފައެވެ.

މުބީން، އާރުއޭސީއެލްގެ އެމްޑީގެ މަޤާމަށް ޢައްޔަންކުރައްވާފައިވަނީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގައެވެ.

އޭނާއަކީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. 30 ސެޕްޓެންބަރު 2020 ގައި ޤާއިމްކުރި އާރުއޭސީއެލް ދައުލަތުގެ %100 ހިއްސާ އޮންނަ ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓްރީކުރީ 11 ޖަނަވަރީ 2021 ގައެވެ.

މުބީން އިސްތިއުފާ ދެއްވި ސަބަބެއް އަދި އެނގިފައި ނުވާއިރު، ސަރުކާރުން ދަނީ އާރުއޭސީއެލް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ އެއްކޮށްލުމުގެ މަސައްކަތް ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު