އާދިއްތަ, November 15
މާވަށުގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި މީހާ ޝަރީޢަތް ނިމެންދެން ބަންދުކޮށްފި

ލ. މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުޙައްމަދު އިބްރާހީމް (29 އ)، ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުގައި ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލި މައްސަލައާ ގުޅިގެންނެވެ. މި މާރާމާރީގައި އަދި އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ ނިޔާވެފައެވެ. ނިޔާވެފައިވަނީ ލ. މާވަށް، ނަލަހިޔާ، މޫސާ އިބްރާހީމް (29 އ) އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މުޙައްމަދު އިބްރާހީމަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެކެވެ. މި މައްސަލައިގައި ހަމަލާ ދިނުމުގައި ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ފުލުހުންގެ ޓީމެއް މޫދަށް ފީނައިގެން ވަނީ ހޯދައިފައެވެ.

ފުލުހުން މިއަދު ބުނީ މި މާރާމާރީގައި ނިޔާވި މޫސާ އިބްރާހީމްގެ ހަށިގަނޑު، ތަޙުޤީޤަށް ބޭނުންވާ އިތުރު ތަހުލީލުތައް ހެދުމަށް ރޭ މާލެ ގެނެސްފައިވާ ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު