Saturday, October 31
މަތީ ތަޢުލީމު ހާސިލުކުރުމަށް ދޭ ސްކޮލަރޝިޕްތަކަށް މި އަހަރު މިހާތަނަށް 95 މިލިއަން ރުފިޔާ ޚަރަދުކޮށްފި

ދިވެހިރާއްޖެ ހިމެނެހޭހެން 27 ޤައުމަކުން މަތީ ތަޢުލީމު ހާޞިލުކުރަމުންދާ ދިވެހި ދަރިވަރުންނަށް މި އަހަރުހެ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 95,303,176.59 ރުފިޔާ ދޫކުރެވިފައިވާ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ހާމަކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް އެ ވުޒާރާގެ ފަރާތުން ޖުމްލަ 93 ސްކޮލަރޝިޕް ސްކީމެއް ވަނީ އިޢުލާންކޮށްފައިވާއިރު، މި އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ޖުލައި މަހުގެ 10 ވަނަ ދުވަހާ ހަމައަށް އިޢުލާންކޮށްފައިވަނީ ޖުމްލަ 36 ސްކޮލަރޝިޕް ސްކީމެކެވެ.

ސްކޮލަރޝިޕްގެ އެކި ސްކީމްތަކުގެ ދަށުން، މިހާތަނަށް ޖުމްލަ 305 ދަރިވަރުން މަތީ ތަޢުލީމު ހާޞިލުކޮށްފައިވާއިރު، 131 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. އަދި 2025 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މި ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 45 ދަރިވަރުން ވަނީ އެކި ސްކޮލަރޝިޕް ސްކީމްތަކުގެ ދަށުން ކިޔެވުން ފަށާފައެވެ. މި ދަރިވަރުންގެ ތެރޭގައި 34 އަންހެންކުދިންނާއި 11 ފިރހެންކުދިން ހިމެނެއެވެ. މި ވަގުތު ސްކޮލަރޝިޕް ސްކީމްތަކުގެ ދަށުން، ޖުމްލަ 607 ދަރިވަރުން ދަނީ ދިވެހިރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާޞިލުކުރަމުންނެވެ. މި ދަރިވަރުންގެ ތެރޭގައި، 387 އަންހެން ދަރިވަރުންނާއި، 220 ފިރިހެން ދަރިވަރުން ހިމެނެއެވެ.

ސްކޮލަރޝިޕްގެ އެކި ސްކީމްތަކުގެ ދަށުން، މިހާތަނަށް ޖުމްލަ 268 ދަރިވަރުން މަތީ ތަޢުލީމު ހާޞިލުކޮށްފައިވާއިރު، 357 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.

މި ވަގުތު ސްކޮލަރޝިޕް ސްކީމްތަކުގެ ދަށުން، ޖުމްލަ 607 ދަރިވަރުން ދަނީ ދިވެހިރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާޞިލުކުރަމުންނެވެ. މި ދަރިވަރުންގެ ތެރޭގައި، 387 އަންހެން ދަރިވަރުންނާއި 220 ފިރިހެން ދަރިވަރުން ހިމެނޭ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު