Friday, November 6
ބިންހެލުމުގެ ލޮޅުމެއްގެ އަސަރު ރާއްޖެއަށް ކުރި، ނުރައްކަލެއް ނެތް: މެޓް އޮފީސް

އިންޑިއާގެ ނިކޯބާ އައިލެންޑްސް ކައިރިއަށް ރިކްޓަ މިންގަނޑުން 6.2 ގެ ބާރުމިނުގައި އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ވެސް ރެކޯޑްކުރެވިފައިވާ ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭ ގަޑިން ރޭ 11:41 ގައި އައި ބިންހެލުމަށް ފަހު މާލެ އާއި ހުޅުމާލެއަށް ވެސް ލޮޅުމެއްގެ އަސަރުކުރި ކަމުގެ ރިޕޯޓްތަކެއް ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން ގދ. ކާޑެއްދޫގައި ގާއިމްކޮށްފައިވާ ބިންހެލުން ރެކޯޑަރަށް މާލޭގަޑިން 23:48 ހާއިރު ލޮޅުމެއްގެ އަސަރުކޮށްފައިވާކަން ވަނީ ރެކޯޑް ކުރެވިފައިވާ ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ.

މެޓް އޮފީހުން ބުނީ އިންޑިއާ ކަނޑުގެ އިރުމަތީގައި އޮންނަ ނިކޮބާ އައިލެންޑްސް ކައިރިއަށް އައި ބިންހެލުމުގެ ސަބަބުން ލޮޅުމެއް އައި ނަމަވެސް މިކަމުގެ ސަބަބުން ރާއްޖެއަށް އިތުރު ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

އިންޑިއާގެ ނިކޯބާ އައިލެންޑްސް އަށް ބިންހެލުން އައިސްފައި ވަނީ ކަނޑުގެ 43 ކިލޯމީޓަރު އަޑިއަށެވެ. މި ބިންހެލުމުގެ ސަބަބުން ސުނާމީއެއް ނުއުފެދެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު