އާދިއްތަ, November 15
މަސްތުވާތަކެތީގެ މައްސަލައެއްގައި ދުވާފަރުން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ރ. ދުވާފަރުން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު /ފިނިފަޒާ، އިބްރާހީމް ޢަބްދުލްރައްޒާޤު (38އ) އެވެ.

ފުލުހުން ބުނީ ދުވާފަރުގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ދުވާފަރު ޕޮލިހުން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މިގޮތުން ޖުލައި 25 ވަނަ ދުވަހުގެ ރޭ ދުވާފަރު މަގުމަތިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ކަރުދާސްކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އިބްރާހީމް ޢަބްދުލްރައްޒާޤުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ދުވާފަރު ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު