އާދިއްތަ, November 15
މަޖިލީހުގެ ރައީސުންގެ މަހާސިންތާއަށް ޢަބްދުއްރަޙީމް ސްވިޓްޒަލަންޑަށް ފުރާވަޑައިގެންފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ، ސްވިޓްޒަލަންޑްގެ ޖެނީވާއަށް މިއަދު ފުރާވަޑައިގެންފިއެވެ. ޢަބްދުއްރަޙީމް ޖެނީވާއަށް ވަޑައިގަންނަވަނީ ސްޕީކަރސް އޮފް ޕާލަމެންޓުގެ 6 ވަނަ ވޯލްޑް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށެވެ. މި ކޮންފަރެންސް ކުރިއަށްދާނީ ޖުލައި މަހުގެ 29 އިން 31 ގެ ނިޔަލަށް ޖެނީވާގައި ހުންނަ އ.ދ. ގެ ހެޑް އޮފީހުގައެވެ. ސްޕީކަރސް އޮފް ޕާލަމެންޓުގެ އެންމެ ފުރަތަމަ ކޮންފަރެންސް ބޭއްވީ 2000 ވަނަ އަހަރުގެ އޮގަސްޓު މަހު އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އ.ދ. ގެ ހެޑްކުއާޓަރުގައެވެ. އޭގެ ފަހުން މި ކޮންފަރެންސް ވަނީ ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބާއްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު