އާދިއްތަ, November 15
މަސްތުގެ ހާލަތުގައި ހުރި މީހަކު ގޭގެ ކޮޓަރިއެއްގައި އަލިފާން ރޯކޮށްލައިފި

މަސްތުގެ ހާލަތުގައި ހުރި މީހަކު ގޭގެ ކޮޓަރިއެއްގައި އަލިފާން ރޯކޮށްލައިފިއެވެ.

ފުލުހުން ބުނީ އދ. އޮމަދޫ ގެއެއްގައި މަސްތުގެ ހާލަތުގައި ހުރި ކަމަށް ބެލެވޭ މީހަކު އަޑުގަދަކޮށް، ހަޑި ހުތުރު ބަހުން މުޢާމަލާތްކޮށް، ތަކެއްޗަށް ގެއްލުންދީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރިއެއްގައި އަލިފާން ރޯކޮށްލާފައިވާ މައްސަލަ ރޭ 9:27 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އަލިފާން ރޯކޮށްލުމުގެ ސަބަބުން މީހަކަށް އަނިޔާވެފައިނުވި ނަމަވެސް، ކޮޓަރީގައި ހުރި ގިނަ އަދަދެއްގެ ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށެވެ.

މި މައްސަލައިގައި ތުހުމަތުގައި ފުލުހުން ވަނީ އދ. އޮމަދޫ، ސްޓެލާ، އަޙްމަދު ނާފިޢު (32 އ) ހައްޔަރުކޮށްފައެވެ.

ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު