އާދިއްތަ, November 15
ވީއައިއޭގެ އައު ޓަރމިނަލުގެ ޚިދުމަތްދޭ ފުރަތަމަ އެއާލައިނަކަށް މޯލްޑިވިއަންގެ އޭ330

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އައު ޕެސެންޖަރ ޓަރމިނަލް، ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ބައިނަލްއަޤްވާމީ ދަތުރުތަކަށް ހުޅުވާލައިފިއެވެ.

މިގޮތުން ރޭ ހުޅުވި ވީއައިއޭގެ އައު ޓަރމިނަލުން އެންމެ ފުރަތަމަ ޚިދުމަތް ދީފައިވަނީ މޯލްޑިވިއަންގެ އެއާބަސް އޭ330 މަތިންދާބޯޓަށެވެ. ގާތްގަނޑަކަށް 100 ފަސިންޖަރުންނާއެކު ކޮޗިނުން ރާއްޖެ އައި މި ބޯޓު ވީއައިއޭ އަށް ޖައްސާފައިވަނީ މިއަދު މެންދުރުފަހު އެވެ.

މޯލްޑިވިއަންގެ އޭ330 ވީއައިއޭއަށް ޖެއްސުމުން އެއާޕޯޓުން ވަނީ އެ ފްލައިޓަށް ވޯޓާ ސެލިއުޓެއްވެސް އަރުވައިފައެވެ. މި ފްލައިޓުގައި ޚިދުމަތް ދިން ކެބިން ކްރޫން ތިބީ ދިވެހި ސަގާފީ ހެދުން ލައިގެންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް ރައީސުލްޖުމުހޫރިއްޔާ ހުޅުއްވައިދެއްވީ ރޭގައެވެ.

ރާއްޖޭގެ ތާރީޚާއި ޘަޤާފަތާއި ދީނީ ތަރިކަ ރަމްޒުކޮށްދޭ ހިރިގަލުގެ ފަންނުވެރި ކެނޑުންތަކުން ފަރުމާކޮށްފައިވާ އައު ޓަރމިނަލްގައި، ރާއްޖޭގެ ހިތްގައިމު ކަނޑުގެ މަންޒަރުތަކާއި ޤުދުރަތީ ރީތި ރަށްތަކުގެ ނަލަކަމާއި ކުލަތައް ހިމަނާފައިވެއެވެ.

އައު ޓަރމިނަލުގައި 47 ޗެކިންގ ކައުންޓަރާއި، 6 ސެލްފް ސަރވިސް ކައުންޓަރާއި، 20 ޑިޕާޗަރ އިމިގްރޭޝަން ކައުންޓަރާއި 6 ޕެސެންޖަރ ބޯޑިންގ ގޭޓާއި 12 އޭރޯ ބްރިޖް ހުރެއެވެ. އަދި މި ޓަރމިނަލަކީ އަހަރެއްގެ މައްޗަށް 7 މިލިޔަން މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްޤީކޮށްފައިވާ ޓަރމިނަލެކެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކުރީގެ ޓަރމިނަލް ހުޅުވީ 1981 ވަނަ އަހަރުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު