ހުޅުމާލޭގައި 30 އެނދުގެ ޑަލަލިސިސް ސެންޓަރެއް ހުޅުވައިފިއެވެ.
ހުޅުމާލޭ އޮރެންޖް ހިޔާގައި ހުންނަ މި ސެންޓަރު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒުއެވެ. އެއަށްފަހު ރައީސުލްޖުމުހޫރިއްޔާ ވަނީ ޑަޔަލިސިސް ސެންޓަރު ބައްލަވާފައެވެ.
President Dr @MMuizzu attends the inauguration of the new Hulhumalé Dialysis Centre, a key step in strengthening specialised healthcare services and improving quality of life for patients with kidney disease. pic.twitter.com/VgWQrRRrPw
— The President's Office (@presidencymv) July 27, 2025
ހުޅުމާލޭގައި މިހާރު ޑައަލިސިސް ޚިދުމަތް ދިނުމަށް ހުންނަނީ 10 އެނދުގެ ސެންޓަރެކެވެ. މި 30 އެނދުގެ ސެންޓަރާއި އެކު ދުވާލެއްގެ މައްޗަށް 150 އަށް ވުރެ ގިނަ މީހުންނަށް ފަރުވާދެވޭނެ ކަމަށެވެ.
މިހާރު ހުޅުމާލޭ ހޮސްޕިޓަލުގައި 80 އަށް ވުރެ ގިނަ މީހުން ޚިދުމަތް ހޯދަމުން އަންނަކަމަށް ހުޅުމާލޭ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
ހުޅުމާލޭގެ ޑަޔަލިސިސް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައިސް، މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް އިބްރާހީމް އަދި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއ އަބުދު ރައްޒާޤް ހަލީމްވެސް ބައިވެރވަޑައިގެންނެވިއެވެ.
ޞިއްޙީ ޚިދުމަތް ހޯދަން، ރާއްޖެއިން ބޭރަށް ދިވެހި ރައްޔިތުން ދާންޖެހޭ މައްސަލައަށް ހައްލުހޯދައި، އެކަން ނިމުމަކަށް ގެނައުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ހާސިލުކުރުމަން އަމާޒުހިފާފައިވާ ލަނޑުދަނޑިއެކެވެ. މިގޮތުން މިހާރުވެސް، ޞިއްޙީ ދާއިރާގެ 400 މިލިއަން ރުފިޔާއަށްވުރެ ގިނަ، މަޝްރޫޢު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ހިންގަމުންނެވެ.
މި ލިޔުން ކިޔާލުމުން