ކޮންމެ މީހެއްގެ ކޮންމެ ކަމަކަށް ވުރެ ދިވެހި ޤައުމު އިސްކުރެއްވުމަށް ދިވެހިރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފި އެވެ.
އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވުމަށް މިރޭ ބޭއްވި ތާރީޚީ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ދިވެހި ރައްޔިތުންނަށް ވަރަށް މުހިންމު މެސެޖެއް ދެއްވާ އެމަނިކުފާނު ވިދާޅުވީ މި ޚާއްސަ ރަސްމިއްޔާތުގައި އެމަނިކުފާނު ކުރައްވަން އޮތީ ވަރަށް ޚާއްސަ އިލްތިމާސެއް ކަމަށެވެ.
އެއީ އެންމެ ފުރަތަމަ ޤައުމު އިސްކުރުމުގެ ޢަޒުމް ކަނޑައެޅުން ކަމުގައި ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ދިވެހި ރައްޔިތުންނަކީ އެއް ބައެއް ކަމަށާ އެއް މާޒީއަކާއި އެއް ތާރީޚަކާއި އެއް ދީނަކާއި އެއް ޝަގާފަތެއް ހިއްސާ ކުރާ ބައެއްކަމަށެވެ.
"މިއަދު އަޅުގަނޑުމެން އެންމެން އަޒުމު ކަނޑައަޅަންވީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ކޮންމެ ކަމަކަށްވުރެ އިސްކުރަންވީ ދިވެހި ޤައުމުކަން. އެންމެން އެކުގައި އަތުކުރި އޮޅާލައިގެން ކުރިއަށް ދިއުމުގައި ޢަޒުމް ކަނޑައަޅަންވީ," ރައީސް ވިދާޅުވި އެވެ.
މި ލިޔުން ކިޔާލުމުން