Saturday, October 31
އުޅަނދު ނުދުއްވޭގޮތަށް ނިންމި ނިންމުން ބާތިލްކޮށްފި

މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން ހުކުރު ދުވަހުން ފެށިގެން ތިން ދުވަހުގެ ވަކި ގަޑިތަކެއްގައި މާލޭގައި އެއްގަމު އުޅަނދު ނުދުއްވޭ ގޮތަށް ޓްރާންސްޕޯޓު މިނިސްޓްރީން ކުރި އިއުލާނު މިއަދު ބާތިލުކޮށްފިއެވެ.

އަދާހަމަ: މިއަދު އެއްގަމު އުޅަނދު ދުއްވުން މަނާކުރި ކުރުން ވަނީ މިހާރު ބާތިލުކޮށްފައެވެ.

ދިވެހިރާއްޖޭގެ 60 ވަނަ...

Posted by Maldives Police Service on Friday, July 25, 2025

މިދިޔަ ބުރާސްފަތި ދުވަހު މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ އިއްޔެ 13:00 އިން 18:00 އަށް މާލޭގައި ބަރު އުޅަނދު ދުއްވުން މަނާ ވާނެ ކަމަށެވެ. އަދި މިއަދު 15:00 އިން 18:30 އަށް ހުރިހާ ބާވަތެއްގެ އުޅަނދު ދުއްވުން އެ އިއުލާނުގައި އޮތީ މަނާ ކޮށްފައެވެ. އަދި މާދަމާރޭ 18:00 އިން 00:00 އަށް ބަރު އުޅަނދު ދުއްވުން ވެސް އޮތީ މަނާ ކޮށްފައެވެ.
ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ވަނީ އެ އިއުލާން ބާތިލުކޮށްފައެވެ.

އެކަމަކު، ފުލުހުން ކަނޑައަޅާފައިވާ ބައެއް ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާވާނެއެވެ. އެގޮތުން، މިއަދު ބާއްވާ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަކާ ގުޅިގެން މިއަދު 13:00 އިން ފެށިގެން ހަރަކާތް ނިމެންދެން ޖުމްހޫރީ މައިދާން ސަރަހައްދުގައި ސަލާމަތީ ފިޔަވަޅުތަކެއް އަޅާފައިވެއެވެ.
އެހެންވެ، އެ ސަރަހައްދަށް އާންމު އުޅަނދުތަކަށް ވަދެ ނިކުމުގައި ދަތިތަކެއް ދިމާވެދާނެތީ އެމްއެންޑީއެފުން ވަނީ އެކަމަށް މައާފަށް އެދިފައެވެ.
އެކަމަކު، އިސްލާމީ މަރުކަޒަށް ނަމާދަށް އަރައި، އެ ސަރަހައްދުގައި ހިނގާފައި އުޅުމަށް އެއްވެސް އިރެއްގައި ހުރަހެއް ނެތްކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ފުރަމާނަ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ، އންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، މިއަދު ބާއްވާ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު