Saturday, October 31
ޚާރިޖީ ވަޒީރު ޑރ. ޚަލީލް، ބޮޑުވަޒީރު މޯދީގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ބޮޑުވަޒީރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި ޑރ. ޚަލީލް ވަނީ ބޮޑުވަޒީރު މޯދީއާއި އެމަނިކުފާނުގެ ވަފުދަށް ރާއްޖެއަށް ހޫނު މަރުޙަބާއެއް ދަންނަވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އަދި ޒަމާންވީ ގުޅުން އަލުން ކަށަވަރުކޮށްދެއްވައިފައެވެ.

މި ބައްދަލުވުމުގައި ބޮޑުވަޒީރު މޯދީ ވަނީ ދެ ޤައުމުގެ ދެމެދުގައި މިހާރު އޮތް ގާތް އެއްބާރުލުމުގެ ގުޅުން އެތައް ދާއިރާއަކުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރުމަށް އިންޑިއާ ސަރުކާރުން ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ދެ ބޭފުޅުންވެސް ވަނީ މިހާރު އޮތް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ފަރާތުގެ މަސްލަހަތު އޮންނަ ދާއިރާތަކުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޔަޤީންކަން ދެއްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު