Saturday, October 31
5 މިލިއަން ގަސް މަޝްރޫޢުގެ ދަށުން ބޭއްވި ގަސް އިންދުމުގެ ރަސްމިއްޔާތެއްގައި ރައީސާއި މޯދީ ބައިވެރިވެވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރަމްޒީ ގަސް އިންދުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެންފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ސަލްޓަން ޕާކުގައެވެ. "ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢު" ގެ ދަށުންނާއި އިންޑިއާގެ ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން މިއަދު ބޭއްވި މި ރަސްމިއްޔާތުން ރަމްޒުކޮށްދެނީ ތިމާވެށީގެ ޒިންމާ ހިއްސާކުރުމާއި އެ ޤައުމުގެ އެކުވެރިކަން ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ ބޮޑުވަޒީރު މޯދީ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގެންފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ބޮޑުވަަޒީރު މޯދީގެ މި ދަތުރުފުޅަކީ އެމަނިކުފާނު ތިންވަނަ ދައުރަކަށް މަޤާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މިދަތުރުފުޅަކީ ރާއްޖޭގެ 60 ވަނަ މިނިވަންދުވަހާއި ދެޤައުމުގެ މެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރެވޭ ތާރީޚީ ދަތުރުފުޅެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު