ރައީސް މުއިއްޒު ވިދާޅުވި މަރުހަބާ ފާހަގަކުރައްވައި، މޯދީ ދެންމެ ވަނީ ދިވެހި ބަހުން އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ. "މާލެ އާދެވިއްޖެ. އަޅުގަނޑަށް މަރުހަބާ ކިޔުމަށް ރައީސް މުއިއްޒު އެއާޕޯޓަށް ވަޑައިގެންނެވުމުން ވަރަށް އުފާކުރަން،" މޯދީ ވިދާޅުވި އެވެ. "އިންޑިއާ އާއި ރާއްޖޭގެ ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އާ އުސްމިންތަކަކަށް އުފުލިގެންދާނެކަން އަޅުގަނޑަށް ޔަގީން" މޯދީ ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.މާލެ އާދެވިއްޖެ. އަޅުގަނޑަށް މަރްޙަބާ ކިޔުމަށް ރައީސް މުޢިއްޒު އެއަރޕޯޓަށް ވަޑައިގެންނެވުމުން ވަރަށް އުފާކުރަން. އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން ކުރިއަށް އޮތްދުވަސްތަކުގައި އާ އުސްމިންތަކަކަށް އުފުލިގެންދާނެކަން އަޅުގަނޑަށް ޔަޤީން.@MMuizzu pic.twitter.com/JHmGkGrrxV
— Narendra Modi (@narendramodi) July 25, 2025

ރައީސް ޑރ. މުހައްމަދު މުއިއްޒު، މަރުހަބާ ވިދާޅުވާން އެއާޕޯޓަށް ވަޑައިގަތުމުން ވަރަށް އުފާކުރައްވާ ކަމަށް އިންޑިއާގެ ބޮޑުވަަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
ބޮޑުވަޒީރު މޯދީ މިއަދު ހެނދުނު ރާއްޖެ އަށް ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރަތްދޫލައިގެ މަރުހަބާ ދެންނެވީ ސީދާ ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒުއެވެ.
މި ލިޔުން ކިޔާލުމުން





