Saturday, October 31
އޮޅުހިޔާގެ ކެޕޭސިޓީ އިތުރުކުރަން 70 ކޭޖް ހަދަން ފަށައިފި

މާލެ ސަރަހައްދުގައި ވީއްލިގެން އުޅޭ ބުޅާތައް އޮޅުހިޔާއަށް ވެއްދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަރަންޓީން ގެ ކެޕޭސިޓީ އިތުރުކުރުމަށް އިތުރު 70 ކޭޖު ތައްޔާރުކޮށް ނިންމުމުގެ މަސައްކަތް ފަށައިފިއެވެ.

މިވަގުތު ކަރަންޓީން ގައި ތިބީ އެއްމެ ފަހުން ނެގުނު 28 ބުޅަލެވެ. ކަރަންޓީން ކުރެވޭ ކެޕޭސިޓީ އިތުރުކުރުމުން އެއްފަހަރާ 100 ބުޅާ ކަރަންޓީން ކުރެވޭނެ ކަމަށް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން މަޢުލޫމާތުދެއެވެ.

ބުޅާތައް އޮޅުހިޔާއަށް ވެއްދުމަށްފަހު ޖެނެރަލް ބަޔަށް ލުމުގެ ކުރިން ގިނަ ކަރަންޓީން ފޭސްތަކެއް ކަޓައްތުކުރަން ޖެހެއެވެ. ސަބަބަކީ މަގުތަކުން ގެންނަ ބުޅާތަކަކީ އެކި ބަލިތަކާއި ރޯގާތައް ޖެހި، އަދި އެކި ވަރުގެ އަނިޔާތައް ލިބިފައި ތިބޭ ބުޅާތަކެކެވެ. އެހެންކަމުން މި ފޭސްތައް ކަޑައްތުކޮށް ، އާންމު ބަޔަށް ބުޅާތައް ބަދަލު ކުރެވޭ މިންވަރަކުން މާލެތެރެއިން އިތުރު ބުޅާތައް ގެނެވޭނެއެވެ.

މިނިސްޓްރީގެ އަމާޒަކީ ހުރިހާ ބުޅާތައް ގެނެސް ކޮށިތަކަށް އަޅާލުމުގެ ބަދަލުގައި އެސޮރުމެންނަށް ލިބެންޖެހޭ އަޅާލުމާއި ބޭސްފަރުވާވެސް ފުރިހަމަކޮށް، އެސޮރުމެން ބެލެހެއްޓުން ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު