Saturday, October 31
ބަރަކާ ޗެރިޓީގެ ފަރާތުން ގުޅީގައި މެޑިކަލް ލެބެއް ގާއިމްކުރަނީ

ބަރަކާ ޗެރިޓީގެ އެހީތެރިކަމާއެކު ކ. ގުޅީ ސިއްހީ މަރުކަޒުގައި ބިނާކުރާ މެޑިކަލް ލެބޯޓަރީގެ ބިންގާ އަޅައިފިއެވެ.

މި ލެބޯޓަރީގެ ބިންގާ އަޅުއްވައިދެއްވީ ސްވިސް ބަރަކާ ޗެރިޓީގެ ކޯ ސީއީއޯ މުހައްމަދު އަޖަމީ އާއި ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމާއި ބަރަކާ ޗެރިޓީ މޯލްޑިވްސްގެ ރައީސް އަހްމަދު ޒަކީއެވެ.

މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ އިސް ބައެއް ބޭފުޅުންނާއި، ގުޅީ ކައުންސިލްގެ ވެރިންގެ އިތުރުން، އެ ރަށު ސިއްހީ މަރުކަޒުގެ ބައެއް އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

ބަރަކާ ޗެރިޓީގެ ފަރާތުން ބުނީ، މި މެޑިކަލް ލެބޯޓަރީއަކީ ޒަމާނީ ފެންވަރަށް ތަރައްގީކުރާ ތަނެއް ކަމަށާއި، ފާހާނާއަކާއި ތަކެތި ރައްކާކުރާ ގުދަނެއް ހިމެނޭހެން ބިނާކުރާ މި ތަނުގެ މަސައްކަތަށް ހުރިހާ ޚަރަދެއް ކުރާނީ އެ ޖަމިއްޔާގެ ފަރާތުން ކަމަށެވެ. މި ލެބޯޓަރީއަށް ބޭނުންވާ މެޝިނަރީ އާއި ވަސީލަތްތައް ހަމަޖައްސައިދޭނީ ހެލްތު މިނިސްޓްރީން ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

ބަރަކާ ޗެރިޓީން ބުނިގޮތުގައި، މި ތަނުގެ އެންމެހާ މަސައްކަތްތައް ދެ މަސް ދުވަހުގެތެރޭ ނިންމާލައި، ޚިދުމަތަށްދެވޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު