އާދިއްތަ, November 15
ވެސްޓްޕާރކް ސަރަހައްދުގައި މަސްބާނާ ޕްލެޓްފޯމެއް ޤާއިމްކުރަނީ

މާލޭ ވެސްޓް ޕާކް ސަރަހައްދުގައި ސެލްފްފައިނޭންސް އުޞޫލުން މަސްބާނާ ޕްލެޓްފޯމެއް ޤާއިމްކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމުގެ ސެޝަން އޮންނާނީ އޮގަސްޓު 7 ވަނަ ދުވަހުގެ 10:00 ގައި މާލޭ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާބެހޭ ބައިގައެވެ. އަދި އަގު ހުށަހެޅުން އޮންނާނީ އޮގަސްޓު 14 ވަނަ ދުވަހުގެ 10:00 ގައި މާލޭ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާބެހޭ ބައިގައެވެ.

ސިޓީ ކައުންސިލުން ބުނީ މި ގަޑިތަކުގައި މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ހިއްސާކުރެވޭނެ ކަމަށެވެ. އަދި މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ޙާޟިރުވާ ފަރާތަތަކުގެ އާންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު