އާދިއްތަ, November 15
ތައިސޭކޮށި މިއުޒިކް އާޓިސްޓުންނަށް ކުއްޔަށް ދޫކުރުމަށް ސިޓީ ކައުންސިލުން ނިންމައިފި

ބޮޑު ތަކުރުފާނު މަގުގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތްތަކާ ބެހޭ އޮފީސް ހުންނަ ތައިސޭކޮށީގެ ގޯތި ތެރޭގައި، މިފަހުން ސާފުކޮށްފައިވާ ސަރަހައްދު، މިއުޒިކް އާޓިސްޓުންނަށް ކުއްޔަށް ދޫކުރުމަށް ކައުންސިލުން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ ބުދަ ދުވަހު އޮތް މާލޭ ސިޓީ ކައުންސިލްގެ ޖަލްސާއަށް މޭޔަރ އާދަމް ޢާޒިމް ހުށަހެޅުއްވި ހުށަހެޅުއްވުމާ ގުޅިގެން ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާޤުން ފާސްވެގެންނެވެ.

ތައިސޭކޮށި ކުއްޔަށް ދޫކުރަނީ މާލެ ސިޓީ ކައުންސިލްގެ ސީއެސްއާރުގެ ދަށުންނެވެ. އެ ގޮތުން އެ ތަނުގައި ޓިކެޓު ވިއްކައިގެން ޝޯ ބާއްވާ ނަމަ، ޓިކެޓުންލިބޭ ޢާމްދަނީން ކައުންސިލަށް ބައެއް ލިބޭ ގޮތަށް ހެދުމަށް، ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެންބަރު ސައިފު ފާތިހު ހުށަހެޅުއްވި ހުށަހެޅުއްވުމަށް، މޭޔަރު ޢާޒިމް ވަނީ ތާއީދު ކުރައްވާފައެވެ.

ތައިސޭކޮށީގެ ގޯތި ތެރޭގައި، މާލެ ސިޓީ ކައުންސިލްގެ ގިނަ އޮފީސްތަކެއް މިހާރު ވެސް އަންނަނީ ހިންގަމުންނެވެ. މިހާރު މަސައްކަތް ފެށިގެން ކުރިޔަށްދާ، މާލެ ސިޓީ ކައުންސިލްގެ އައު ޢިމާރާތް އަޅަނީ ވެސް، ތައިސޭ ކޮށީގެ އިރުމަތި ފަރާތުގައިވާ ހުސް ބިމުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު