އާދިއްތަ, November 15
އޮގަސްޓު މަހުން ފެށިގެން މޯލްޑިވިއަންގެ ޓިކެޓުތައް ބުކްކުރާއިރު އައިޑީ ކާޑު އަޕްލޯޑްކުރަން ނުޖެހޭނެ

މި އަންނަ އޮގަސްޓު މަހުން ފެށިގެން އައިޑީ ކާޑު ނުވަތަ ޕާސްޕޯޓާ ނުލައި ޓިކެޓު ބުކްކުރެވޭނެ ކަމަށް ޤައުމީ އެއާލައިން، މޯލްޑިވިއަނުން ބުނެފިއެވެ.

މޯލްޑިވިއަނުން ބުނީ 1 އޮގަސްޓު 2025 އިން ފެށިގެން އެ އެއާލައިންގެ ޓިކެޓުތައް ބުކްކުރުމަށް ނުވަތަ ގަތުމަށް އައިޑީ ނުވަތަ ޕާސްޕޯޓު ކޮޕީއެއް ބޭނުން ނުވާނެ ކަމަށެވެ.

ނަމަވެސް ޓިކެޓު ނެގުމަށް މަޢުލޫމާތު ލިޔާއިރު، ދަތުރުކުރުމަށް ބޭނުންކުރާ ޑޮކިއުމަންޓްގައިވާ ގޮތަށް ފުރުވުމަށް ސަމާލުކަން ދިނުމަށް މޯލްޑިވިއަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ޓިކެޓު ނެގުމަށް އައިޑީއާއި ޕާސްޕޯޓު ބޭނުންނުވި ނަމަވެސް، ޗެކް-އިން ކުރުމަށް އައިޑީ ނުވަތަ ޕާސްޕޯޓު ބޭނުންވާނެ ކަމަށްވެސް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު