އާދިއްތަ, November 15
ސޭފް ހޮލިޑޭގެ ނަމުގައި ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް މާލޭގައި ކުރިއަށް ގެންގޮސްފި

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ސްކޫލު ބަންދާ ދިމާކޮށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން މާލެ ފްރޮންޓްލައިން ޕޮލިސިންގގެ ނެއިބަރހުޑް ސަޕޯޓުން "ސޭފް ހޮލިޑޭސް" ނަމުގައި ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ޖުލައި މަހުގެ 22 އިން ފެށިގެން ތިންދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، މާލޭގައި ރައްޔިތުން ގިނައިން އެއްވެ އުޅޭ ސަރަހައްދުތަކާއި، ވިޔަފާރިތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން އާންމު ގޭބިސީތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން، ޗުއްޓީއަށް ފުރުމުގެ ކުރިން ރައްޔިތުންގެ ގެދޮރާއި އަގުހުރި ތަކެތި ގެއްލުމެއް ލިބުމުން ސަލާމަތްކުރުމަށް ކުރެވިދާނެ ކަންކަން ކިޔައިދީފައިވެއެވެ.

މީގެ އިތުރުން، އެންމެ ގިނައިން ދިމާވަމުންދާ ސްކޭމް މައްސަލަތަކާއި ޓްރެފިކް އެކްސިޑެންޓުތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދީފައިވާއިރު، ސަލާމަތާއި ރައްކާތެރިކަމުގެ މައުލޫމާތު ހިމެނޭ ލުއިފޮތެއްވެސް ބަހާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު